logo
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެެރެއިން

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެެރެއިން

ޔާމީންގެ ކެނޑިޑެސީ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފި

profile

އަހުމަދު ޒަލީފު - 02 އޯގަސްޓު 2023 - 06:41

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ކަނޑައަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް މިއަދު ބަލައިގެންފި އެވެ.

https://wamco.com.mv/

އިލެކްޝަން ކޮމިޝަނަށް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅީ އިއްޔެ ހެނދުނެވެ. ނަމަވެސް ޔާމީންގެ ގާނޫނީ ޝަރުތެއް އުނިވެފައިވާ ކަމަށް އެ ކޮމިޝަނުން ހަވީރު ނިންމައި ފޯމު ބަލައި ނުގަތެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ރޭ ފަތިހު ހުށަހެޅުމުން މިހާރު އެ ކޯޓުގެ ރެޖިސްޓްރާ ވަނީ މައްސަލަ ހުށަހެޅުމުގެ ހުއްދަ ދެއްވައިފަ އެވެ.

ރައީސް ޔާމީންގެ ކެނޑިޑެސީ ބަލައިނުގަންނަން ނިންމީ ޤާނޫނާ ޚިލާފަށްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަޙުމަދު ޢަބްދުالله ދީދީ ވަނީ ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ރައީސް ޔާމީންގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅުއްވި ހުށަހެޅުން ބަލައި ނުގަންނަން ނިންމާފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނު އަސާސީން ކަނޑައަޅައިފައިވާ ދުސްތޫރީ އުޞޫލުތަކާ ޚިލާފަށްކަމާ މެދު އެއްވެސް ޝައްކެއްނެތް. ބުނެވުނެ ކެންޑިޑަސީ ޤަބޫލުނުކުރުމަށް އިލެކްޝަންސް އިން ނިންމި ސަބަބަކީ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ޝަރުޠު ފުރިހަމަ ނުވުންކަމަށް ބުނެފައިވާއިރު، އެމާއްދާގެ އެ އަކުރުގައި ބުނެފައިވާ ޖިނާއީ ޙުކުމަކީ ތަންފީޒީ ބާރު ލިބިގެންވާ Executable ޙުކުމެެއް ގެ ވާހަކަ ކަން ބުނެވުނު 109 ވަނަ މާއްދާގެ (ޅ) އަށް އެއްކޮށް ބެލުމުން އެނގޭ - ޑރ އަޙުމަދު ޢަބްދުالله ދީދީ ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ، ޖިނާއީ ޙުކުމަކަށް ތަންފީޒީ ބާރު ލިބޭނީ އެ ޙުކުމެއް ނިހާއީ ޙުކުމަކަށް ވެގެން؛ ޙުކުމެއް ނިހާއީ ޙުކުމަކަށް ވާނީ ޢާންމު އުޞޫލެއްގެ ގޮތުން، އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާ ފަރާތުން އެ ޙައްޤު ޞަރީޙަކޮށް ދޫކޮށްލުން، ނުވަތަ އިސްތިއުނާފު ކުރުމުގެ މުއްދަތުގައި އިސްތިއުނާފު ނުކުރުން، ނުވަތަ އިސްތިއުނާފުގެ ޝަރްޢީ އެންމެހައި މަރްޙަލާތައް ޙުކުމަށް ތާއީދުކޮށްގެން ނިމުމުން ކަމަށާއި، ކަން މިހެން އޮތް އިރު އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީން ތަންފީޒުކުރަމުންދާ ޙުކުމެއް އޮތްކަމަށް އެ ބުނާ ޙުކުމަކީ ޙަޤީޤަތުގައި އިސްތިއުނާފުކުރުމުގެ ސަބަބުބް ތަންފީޒު ކުރުން ޤާނޫނީގޮތުން ހުއްޓިފައިވާ ޙުކުމެއް ކަމަށެވެ.

ޝަރްޢީ ނިޒާމުން ރ. ޔާމީން ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ޙުކުމް ތަންފީޒުކުރާ ޖަލެއްގައި ބަންދުގައި ބެހެއްޓުމަކީ، އެއީ ތަންފީޒުކުރަމުންދާ ޙުކުމެއްކަމަށް ބަލަންޖެހޭ ސަބަބެއް ނޫން -

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ކޮމިޝަނުން ނިންމީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އައިސްފައި ވުމާ އެކު، ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk