
މެމްބަރު ނިޒާރު
އެމްޑީޕީން އުޅެނީ ސަރުކާރާ ދެކޮޅަށް ރައްޔިތުން މަގުމައްޗަށް ނުނެރެވިގެން: މެމްބަރު ނިޒާރު

އާމިނަތު ޝަފާ - 29 އޯގަސްޓު 2024 - 07:38
އިދިކޮޅު އެމްޑީޕީން ރައްޔިތުން މަގުމައްޗަށް ނެރެން ކުރެވުނުހާކަމެއް ކުރަމުންދާކަމަށް ފޭދޫ އުތުރު ދާއިރާ މެމްބަރު އިސްމާޢީލް ނިޒާރު ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ އަސްލު ޓީވީގެ "ބާބު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެމްބަރު ވިދާޅުވީ އެމްޑީޕީން އިދިކޮޅުގައި އޮތަސް އަދި ސަރުކާރު ހިންގަން އޮތަސް އަބަދުވެސް މަސައްކަތްކުރަނީ ތިމާ މެންނަށް ފައިދާއެއް ވާނެގޮތަކަށް ކަންތައްކުރަންކަމަށާއި މިހާރުވެސް އެމްޑީޕީގެ އިސް ސަފުގައި ތިބި މީހުންނަށް ފައިދާއެއްވާނެކަން ދުރާލާ އެނގޭ ކަމެއްނަމަ މަގުމައްޗަށްވެސް ނުކުންނާނެކަމަށެވެ.
"މަގުމައްޗަށް ނިކުންނަން އެބަ މަަސައްކަތް ކުރޭ. ރައްޔިތުންގެ ވިސްނުން ބަދަލުކޮށް ފިތުނަ އުފައްދަން މަސައްކަތްކުރޭ އެބަ ނަފްރަތު އުފައްދާ. ބޭނުންވަނީ ރައްޔިތުން މަގުމައްޗަށް ނެރެން".
މެމްބަރު އިތުރަށް ވިދާޅުވީ އެމްޑީޕީން މިކަން ކުރަން ކިތަންމެ ބޭނުންވިޔަސް މިހާރު ރައްޔިތުން ހަގީގަތް ބަލާކަމަށެވެ.
ބޭންކު އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެންވެސް އެމްޑީޕީން ނިންމީ މިގޮތަށް ރައްޔިތުން ރުޅިއަރުވަންކަމަށާއި އެހެންނަމަވެސް އެކަން ނުވީކަމަށް މެމްބަރު ވިދާޅުވިއެވެ.
އެމްޑީޕީން އަންނަނީ ރާއްޖޭގެ މާލީ އިގްތިސާދީ ހާލަތާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުންތައް ސިލްސިލާގޮތެއްގައި ބާއްވަމުންނެވެ. އަދި މިފަހުން ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ކުރީގެ މާލީ ވަޒީރު އަމީރު ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ. އަވަސް ފިޔަވަޅުތަކުގެ ތެރޭގައި އެޅުމަށް އަމީރު ލަފާދީފައިވާ ކަންކަމަކީ :
- ބޭކާރު ގޮތުގައި ކުރެވޭ ދައުލަތުގެ ޚަރަދުތައް މަދުކުރުން
- ކުރިން ފެށިފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރުން
- އިތުރަށް ލަސްނުކޮށް ބޭރުގެ މާލީ އެހީ ހޯދުން
އަމީރުގެ މި ވާހަކަތަކާއެކު އެމްޑީޕީގެ ސަރުކާރުގައި މިފިޔަވަޅު ނޭޅީ ކީއްވެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބްރޫނާއީ ގައުމީދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ގަޑިއިރެއް ކުރިން

ޖަޕާނުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ގަޑިއިރެއް ކުރިން

އިންތިހާބުގައި އެމްޑީޕީއިން 450 ގޮނޑިއަށް ވާދައެއް ނުކުރޭ: ފަލާހް
2 ގަޑިއިރު ކުރިން
އދ ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ރާއްޖެ ވާދަކުރަން ނިންމައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)