
މޫސުން ގޯސްވެ ރަށްރަށުގައި ފެންބޮޑުވެދާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި ---ފޮޓޯ| މިހާރު
ހުޅަނގުމޫސުމުގެ ބާރު ކުޑަވެ، މޫސުން ހަމައަކަށް އެޅެން ފަށައިފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 13 އޮކްޓޯބަރު 2024 - 06:28
ހުޅަނގުމޫސުމުގެ ބާރުގަދަ ދުވަސްތަކަކަށްފަހު، ހުލަނގުގެ ބާރު ކުޑަވެ، މޫސުން ހަމައަކަށް އެޅެން ފަށައިފިއެވެ.
ރާއްޖެއަށް ކުރަމުންދާ ހުޅަނގުމޫސުމުގެ ވިއްސާރަ އަލިވެ، މޫސުން ރަނގަޅުވާން ފަށާފައިވާކަން މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ކަށަވަރު ކޮށްދެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް، މެޓް އޮފީހުން ބުނީ، ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. ވައިގެ މިސްރާބު ހުންނާނީ ހުޅަނގުދެކުނާއި ހުޅަނގުން ކަމަށާއި ވައިޖެހޭނެ ކަމަށް ލަފާކުރަނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް އެ އިދާރާއިން ބުނެއެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އަދި ރާޅުގެ އުސްމިނުގައި 3އާއި 6 ފޫޓާ ދެމެދުގެ އުސްމިނެއް ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ބުނީ މިއަދުން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށެވެ. ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް މާ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށް ބުންޏެވެ. މިއަދު އެކި ސަރަހައްދުތަކަށް ބޮޑަށް ކުރާނީ ކެރީގެ އަސަރެވެ.
މިދިޔަ ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ޖެހެމުން ދިޔައީ 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށާއި މިހާރު ވައިޖެހެމުންދަނީ ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.
ކަނޑުތައް އަދިވެސް ގަދަކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ މިއަދަށްވުރެ މާދަމާ ކަނޑުތައް މަޑުވާނެ ކަމަށާއި އަދި ކަނޑުތައް ކުރިއަށް އޮތްތަނުގައި މަޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ނައިބު ރައީސް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި
6 ގަޑިއިރު ކުރިން

ވީއައިއޭ އައު ޓާމިނަލް އިން ސްރީލަންކަން އެއަރލައިންސް އަށް ހިދުމަތްދޭން ފަށައިފި
7 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އަރުވަނީ
7 ގަޑިއިރު ކުރިން

ޕީއެންސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު އުޅެނީ 97 އިންސައްތައިގައި: ޕީޖީ ލީޑަރ ފަލާހް
7 ގަޑިއިރު ކުރިން


