logo
ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް ވަކިކުރެވޭ ގޮތަށް މަޖިލިސް ގަވައިދު ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓަށް!

profile

އަހުމަދު ޒަލީފު - 30 ޖެނުއަރީ 2024 - 11:41

ރައީސް ޑރ. މުހައްމަދު މުއިއްޒު ފަސޭހަ އިން މަގާމުން ވަކި ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހާ ދެކޮޅަށް ސަރުކާރުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

https://wamco.com.mv/

މި ދުސްތޫރީ މައްސަލަ މަޖިލިހަށް ހުށަހެޅީ ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުންނެވެ.

މަޖިލިހުގެ ގަވައިދުގައި ކުރިން އޮތް ގޮތުން އަދި ގާނޫނުއަސާސީގައި މިހާރު ވެސް އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެމްބަރުންނެވެ. އެ އުސޫލުން ބެލި ކަމުގައި ވިޔަސް، އެމްޑީޕީގައި މިހާރު 44 މެމްބަރުން ތިއްބެވުމުގެ ސަބަބުން މަޖިލިހުން ނަގާ އެފަދަ ވޯޓެއް ފާސް ކުރުމުގެ ފުރުސަތެއް ނެތެވެ. އެމްޑީޕީއާ އެކުގައި މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ ވޯޓުލި ނަމަވެސް ގިނަވެގެން ލިބޭނީ 57 ވޯޓެވެ.

މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމުގެ ހުވާ ކުރެއްވި ރައީސް ޑރ. މުއިއްޒު ސަރުކާރަށް ވަޑައިގަތުމަށް ހަތް މެމްބަރަކު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެ ހަތް މެމްބަރުންނަކީ ނައިބު ރައީސް، ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި ބަންޑާރަ ނައިބު އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އުޝާމާއި ފިޝަރީޒް މިނިސްޓަރު އަދި ނައިފަރު ދާއިރާގެ ކުރީގެެ މެމްބަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު އަދި ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ޣައްސާން މައުމޫނާއި އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސައީދާއި ސިޓީސް އަދި ލޯކަލް ގަވަނަންސް މިނިސްޓަރު، މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އާދަމް ޝަރީފާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަދި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަޒުލް ރަޝީދެވެ.

ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސް މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި މެމްބަރުން ސަބަބު ބަޔާން ކޮށް މަޖިލީހަށް މައްސަލައެއް ހުށަހަޅިދާނެއެވެ. އަދި ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓާއެކު ރައީސް މަގާމުން ދުރުކުރެވޭނެއެވެ. މަޖިލީހުގެ ގަވައިދު މީގެ ކުރިން އޮންނަ ގޮތުން ޖުމްލަ މެންބަރުންގެ އަދަދު ގުނާނީ 19 ވަނަ މަޖިލީހަށް އިންތިހާބުވި 87 މެންބަރުން ހިމަނައިގެންނެވެ.

އެ މެމްބަރުން އިސްތިއުފާ ދެއްވާފައި ވަނިކޮށް، އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަޖިލިހުގެ ގަވައިދަށް ބަދަލު ގެނެސްފައިވެއެވެ. މަޖިލިހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ޖުމްލަ އަދަދު މިހާރު މަޖިލީހުގައި ހިމެނޭ މެމްބަރުން އެކަނި ގުނަން ޖެހޭ ގޮތަށް ގަވައިދު ވަނީ ބަދަލުކޮށްފައެވެ. އެ ބަދަލާއެކު މިހާރު ރައީސްގެ މައްސަލަ ފާސް ކުރަން ބޭނުން ވާނީ 54 މެމްބަރުންގެ ވޯޓެވެ. އެހެންވެ، އެމްޑީޕީ އަށް އެކަން ކުރެވޭނީ ޑިމޮކްރެޓްސްގެ އެހީތެރިކަމާއެކުގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk