
ބާނަ ބާނަ ތިއްބާ ތިޔަ ވިއްކަލީ ކަނޑު - ބޮޑު ޖަލްސާގެ ތެރެއިން
ރާއްޖޭގެ ޓެކްސް ނިޒާމަށް ބަދަލު ގެންނާނަން - އުމަރު

އަހުމަދު ޒަލީފު - 15 އޯގަސްޓު 2023 - 04:57
ވެރިކަމަށް ވަޑައިގެން ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރަން ކުރާ މަސައްކަތުގެ ތެރެއިން ޓެކްސް ނިޒާމު ބަދަލުކުރައްވާނެ ކަމަށް އަމިއްލަ ގޮތުން އިންތިހާބަށް ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އެވެ.
"އާންމުންނާ ވާދަކުރަން ސަރުކާރުން ހިންގާ ހުރިހާ ވިޔަފާރިއެއް އަޅުގަނޑުގެ ސަރުކާރެއްގައި ހުއްޓާލައި އެ ވިޔަފާރިތައް ޕްރައިވެޓައިޒްކޮށް، ޕްރައިވެޓް ކުންފުނިތަކުގެ އަތްމައްޗަށް އެ ތަންތަން ދާނީ،" އޭނަ ވިދާޅުވި އެވެ. "އެހެންވީމާ ރާއްޖޭގެ ވިޔަފާރި ސެކްޓާ ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ."
އުމަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ތަންފީޒުކުރަމުން އަންނަ ޓެކްސް ނިޒާމު ބަދަލުކޮށް، އެންމެ ކުދި ވިޔަފާރިތަކުން ޓެކްސް ނެގުން ހުއްޓައިލާނެ ކަމަށެވެ.
"އޭގެ މާނަ އަކީ ރަށްރަށުގައި ހުންނަ ކުދިކުދި ވިޔަފާރިތަކަކީ ޓެކްސް އިން އެއްކޮށް މިންޖުވެފައިވާ ކަންކަމަށްވެގެން ދާނެ." އޭނަ ވިދާޅުވި އެވެ. "ޓެކްސް މިހާރު ވަރަށް ބޮޑު ބުރައަކަށްވެއްޖެ ހުރިހާ ރައްޔިތުންނަށް ވެސް."
އުމަރު ވިދާޅުވި ގޮތުގައި އޭނަގެ ސަރުކާރެއްގައި ރާއްޖެ ހުރިހާ ގޮތަކުން ވެސް ދާނީ އަމާންއޮމާންކޮށެވެ. އެގޮތުން މުޅި ގައުމުގައި އަމައަމާންކަން ގާއިމުކެރި އިސްލާމީ ހުދޫދުގެ ތެރެއިން ގައުމުގެ ހުރިހާ ކަމެއް ވެސް ބައްޓަންވެގެން ދާނެ އެވެ. އުމަރު ފާހަގަކުރެއްވި ގޮތުގައި އޭނަގެ ސަރުކާރެއްގައު ރާއްޖެ އަކީ އިސްލާމީ ޝަރީއަތް ތަންފީޒުކުރާ ގައުމަށް ވާނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ކެމްޕޭންގައި ރައީސްޑރ މުއިއްޒު ކުރެއްވި މަސައްކަތް ވަޒީރުންނާއި މެމްބަރުން ނުކުރޭ: ރިޔާޒް ރަޝީދު
4 ގަޑިއިރު ކުރިން

މާލިއްޔަތު ކޮމިޓީއަށް ޒަމީރު, 241 ކޮމިޓީ އަށް ހަމަދު ހަމަޖައްސައިފި
4 ގަޑިއިރު ކުރިން

ހައްޖު ކިޔު ދިގުވުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ދިމާވާ މައްސަލައެއް: ޑރ ޝަހީމް
4 ގަޑިއިރު ކުރިން
ވީޢައިއޭގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް ގެނެސްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)