
ޤާސިމް އިބްރާހިމް
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ހުރިހާ ޚަރަދެއް ދޭނަން - ޤާސިމް

އަހުމަދު ޒަލީފު - 21 ޖުލައި 2023 - 10:04
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެ އިން ބޭރަށްދާ ދިވެހިންގެ ހުރިހާ ހަރަދެއް ހަމަޖައްސާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ.
ޤާސިމް އިބްރާހީމް މިހެން ވިދާޅުވީ، މާލޭ ދާއިރާގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި 35-18 ހަރަކާތުގައި ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.
"އެ ލިބޭ އިރު، ރާއްޖެ އިން ބޭރަށް ދާނަމަ ހުރިހާ ހަރަދެއް، އެހީތެރިއަކަށް ދާނެ ހަރަދާއި ތިބުމުގެ ހަރަދާއި ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ގޭގެ ހަރަދާއި ކެއުން ބުއިމުގެ ހަރަދާއި ހުރިހާ އެއްޗެއް އަޅުގަނޑުމެންގެ ސަރުކާރުން ފޯރުކޮށްދޭނެ." ޖޭޕީގެ ލީޑަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.
ސަރުކާރުން އާސަންދަ އާއި މަދަނައިގެ ހިދުމަތް ފެށުމުގެ މާ ކުރިން، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދާން ޖެހި، އެކަމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް ގާސިމް ގެންދެވީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިންޑިއާގައި އެމީހުން ތިބުމާއި ކެއުމުގެ ހަރަދުތައް ވެސް ގާސިމް ހަމަޖައްސައި ދެއްވިއެވެ.
މީގެއިތުރުން ގާސިމް ވިދާޅުވީ ޖޭޕީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، އެ ޕާޓީގެ ވެރިކަމެއްގައި ވަޒީފާ އަދާ ކުރަން ކެރޭ ހުރިހާ އެންމެންނަށް ވެސް ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ޤާސިމް ވިދާޅުވީ، ޖޭޕީއަށް ރިޔާސީ އިންތިހާބެއް ކާމިޔާބުކުރެއްވިއްޖެނަމަ، ވަޒީފާ އަދާކުރަން ކެރޭ ހުރިހާ ޒުވާނުންނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެެވެ. ޒުވާނުންނަށް ވަޒީފާ އަދާރުކުރެވޭނެ މަގު ތަނަވަސްކޮށްދީ، އެކަމުގެ ހުނަރުހުރި ޒުވާނުންނަށް ފައިސާގެ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދީ ޒުވާނުން ތަނަވަސް މީހުންނަށް ހެދުމަށްޓަކައި އެމަނކުފާނުގެ ސަރުކާރެއްގައި ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ސަރުކާރުން ބޯހިޔާވަހިކަމަށް ދީފައިވާ ފްލެޓްތަކައި ބިންތަކަށް ދައުލަތަށް ފައިސާ ދައްކަންޖެހޭނަމަ އެ ހުރިހާ ފައިސާއެއް މާފުކޮށްދެއްވާނެކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރާއި ހިނިތުންވުން: ކޮމިޝަނަރ އޮފް ޕޮލިސް
3 ގަޑިއިރު ކުރިން

ފަތުރުވެރިކަން ފުޅާކުރުމަށް ރާއްޖޭގެ ވަފުދެއް ޗައިނާއަށް ފުރައިފި
6 ގަޑިއިރު ކުރިން

ފައިނޭންޝަލް އެކްސްޕޯގައި އުރީދޫން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ހިދުމަތް ދެނީ
8 ގަޑިއިރު ކުރިން

ވިލާ ކޮލެޖު, ސެޕްޓެމްބަރު މަހުގެ އިންޓޭކުގެ ކޯހަށް ކުރިމަތިލުމަށް ހުޅުވާލައިފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)