logo
ކުރީގެ ނައިިބު ރައީސް ޖިހާދު

ކުރީގެ ނައިިބު ރައީސް ޖިހާދު

ޖިހާދަށް ކުރާ ހިޔާނާތުގެ ދައުވާ ކޯޓުން ބޭރުކޮށްލައިފި

profile

އާމިނަތު ޝަފާ - 25 ޖުލައި 2024 - 06:05

ކުރީގެ މާލީ ވަޒީރު އަދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

https://wamco.com.mv/

ޕީޖީ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާ ކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލައިގައެވެ.

ދައުވާގައި ބުނެފައިއޮތީ ކ.ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުގެ 50 އިންސައްތަ ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް 29 ނޮވެމްބަރު 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަށާއި އެއްބަސްވުން އެކުލަވާލާފައިވަނީ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދު ކުރަން ނުޖެހޭ ގޮތަށް އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބޭ ގޮތަށްކަމަށެވެ.

ފިނޭންސް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވައި ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ޚިލާފަށް ޖިހާދު ވަނީ 50 އިންސައްތައިގެ ބަދަލުގައި 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު، އެއްބަސްވުމެއްގައި ސޮއި ކޮށްފައިކަމަށާއި ވުމާއެކު އެކަމުގެ ގެއްލުން ލިބިފައިވާކަމަށް ދައުވާގައިވަނީ ބުނެފައެވެ.

އެހެންކަމުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ޖިހާދުގެ މައްޗަށް އުފުލާފައިވާއިރު މި ދައުވާ މަދަނީ މިންގަނޑަށް ނުފެތޭ ކަމަށް ޖިހާދުގެ ފަރާތުން ވަނީ ބުނެފައެވެ.

މައްސަލައިގައި ކުރިމިނަލްކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ އޭސީސީން ތަހުގީގުކޮށް ނިމިފައިވާ މައްސަލައެއް އަލުން ތަހުގީގުކުރާއިރު ސަބަބު ބުނެދޭން ޖެހޭނެކަމަށާއި އެކަން ދައުލަތައް ކޮށްދެވިފައިނުވާކަމަށެވެ.

މުޅި ތަހުގީގު ބިނާކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވާހަކަތަކަށް ކަމަށްވީއިރު ކަމުގެ ދޮގު ތެދު ބަޔާންކޮށްދެވިފައިނުވާތީ މަދަނީ މިންގަނޑުން މައްސަލަ ނުގެންދެވޭނެކަމަށް ހުކުމުގައިވެއެވެ.

ޖިހާދަކީ ކުރީގެ ރައީސް ޔާމީންގެ 3 ވަނަ ނައިބުރައީސެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk