logo

ޣައްޒާގެ މިސްކިތަކަށާއި، ސްކޫލަކަށް އުދުވާނީ އިސްރާއީލުން ބޮންއަޅައި 24 މީހުން ޝަހީދު ކޮށްލައިފި

profile

ސައިފް އަޒުހަރު - 06 އޮކްޓޯބަރު 2024 - 06:14

ޣައްޒާގެ މެދުތެރޭގައި ހުރި މިސްކިތަކަށާއި، ސްކޫލަކަށް އުދުވާނީ އިސްރާއީލުން ބޮންއަޅައި 24 މީހުން ޝަހީދު ކޮށްލައިފިއެވެ.

https://wamco.com.mv/

މި އުދުވާނުގައި އިތުރު 93 މީހުން ޒަޚަމްވި ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ޓެލެގްރާމް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެއެވެ.

އިސްތިއުމާރީ އިސްރާއީލުން ބޮންއެޅީ ޣައްޒާގެ މެދުތެރޭ ދީރުލް ބަލާހްގައި، ހަނގުރާމައިގެ ސަބަބުން ގެދޮރުގެއްލި ހިމާޔަތް ހޯދަން އާންމުން ވަދެތިބި މިސްކިތަކަށާއި، ސްކޫލަކަށެވެ.

މިސްކިތަށާއި، ސްކޫލަށް ބޮންއަޅައި ގަތުލުއާންމު ހިންގުމަށްފަހު އުދުވާނީ ބާރުން ބުނެފައިވަނީ، އެ ތަންތަނަށް ބޮންއެޅީ އެއީ "ހަމާސްގެ ކޮމާންޑް ސެންޓަރުތައް" ކަމަށް ވާތީ ކަމަށެވެ.

އާންމުން ހިމާޔަތް ހޯދައިގެން ތިބޭ ތަންތަނަށް ތަކުރާރުކޮށް ބޮންއަޅައި، ބޮޑެތި ޖަރީމާތައް ހިންގުމަށްފަހު އެއްވެސް ސާބިތު ހެއްކެއް ދެއްކުމަކާއި ނުލައި މުޖުރިމުން ބުނަނީ އެއީ "ހަމާސްގެ ކޮމާންޑް ސެންޓަރުތައް" ކަމަށެވެ.

އުދުވާނީ ބާރުތަކުން ޣައްޒާގެ އެކި ރަށްތަކަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން މިހާތަނަށް ޣައްޒާއިން 50 މީހުން ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެފައި ވެއެވެ.

އަނެއްކޮޅުން، މިހާރުވެސް އެއްވެސް އެހީތެރިކަމެއް ނުލިބި ނުހަނު ނިކަމެތި ހާލުގައި ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ އާންމުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އިސްތިއުމާރީ ސިފައިން މިހާރު ގެންދަނީ އަމުރު ކުރަމުންނެވެ.

އިސްރާއީލުން އާންމުންނަށް އަމުރުކުރަމުން ގެންދަނީ އަލްމަވާސީއަށް ދިއުމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay