
މޫސުން ގޯސްވެ ރަށްރަށުގައި ފެންބޮޑުވެދާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި ---ފޮޓޯ| މިހާރު
ކުރިއަށް އޮތް ދެ ދުވަހު މޫސުން ވަރަށް ގޯސްވާނެ!

އަހުމަދު ޒަލީފު - 06 އޮކްޓޯބަރު 2023 - 16:10
ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ބާރުވެ، ކަނޑުތައް ގަދަ ވާނެ ކަމަށާއި އަދި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން އިއްޔެ އާއި މިއަދު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހަތަރު ރަށެއްގައި ވަނީ ފެންބޮޑުވެފަ އެވެ. އެއީ ޅ. ނައިފަރާއި އއ. ފެރިދޫ އާއި ށ. ގޮއިދޫގެ އިތުރުން ބ. މާޅޮހެވެ.
ފެން ބޮޑުވި ރަށްތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެހީއާއެކު އަންނަނީ ކުރަމުންނެވެ.
މޫސުން ގޯސްވުމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށާއި، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މެންދަމުގެ ވަގުތުގައި ވާރޭ ވެހި ގޯތި ތެރެއަށާއި ގެއަށް ފެން ވަނުމުގެ ސަބަބުން ފަރުނީޗަރަށާއި ހިފާ ގެންގުޅޭ ސާމާނަށާއި އިލެކްޓްރޯނިކްސް ސާމާނަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ގެއަށާއި ގޯތިތެރެއަށް ފެންނުވަންނާނެހެން ވެލި ބަސްތާ ޖެހުމަށް އިލްތިމާސްކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެންސީ އިން އަބަދުވެސް އިސްކުރާނީ ގައުމު: ނާޒިމް
3 ގަޑިއިރު ކުރިން

ޝަމްއާން ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން: އިހުސާން
4 ގަޑިއިރު ކުރިން

ހައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ
5 ގަޑިއިރު ކުރިން

ކުރީގެ ރައީސް ސޯލިހް، އިންޑިއާގެ ބޮޑުވަޒީރަށް މަރުހަބާ ދަންނަވައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)