
މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ޖަނާބު
ލާމަރުކަޒީ ނިޒާމް ހުއްޓުވާލަން މި ދައުރުގައި އެމްޑީޕީން ވޯޓުދިން: މެމްބަރު އިބްރާހީމް

އާމިނަތު ޝަފާ - 24 އޯގަސްޓު 2024 - 11:35
ލާމަރުކަޒީ ނިޒާމު ހުއްޓުވާލަން މި ދައުރުގައި އެމްޑީޕީން ވޯޓުދީފައިވާކަމަށް މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ޖަނާބު ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ ކައުންސިލުތަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރާކަމަށާއި ލާމަރުކަޒީ ނިޒާމު ފުނޑާލަން ސަރުކާރުން މަސައްކަތްކުރަމުންދާކަމަށްބުނެ އެމްޑީޕީން ނެރުނު ބަޔާނަކާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
ބަޔާނުގައި އެމްޑީޕީން ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލހުގެ ފުރަތަމަ ދައުރަށް ސަރުކާރުން ހުށައަޅާ ފާސްކުރެވެމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ކައުންސިލްތަކަށް ގިނަ ގުނަ ހުރަސްތައް ކުރިމަތިވާނެ ކަމަށެވެ. ޚާއްސަކޮށް ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގެ ސަބަބުން ލާމަރުކަޒީ ގާނޫނުގައި ރަށްރަށުގެ ބިންޕްލޭންކޮށް ހިންގުމުގައި ރަށުގެ ރައްޔިތުންގެ ބައިވެރިވުމަކާ ނުލާ ރަށުގެ ބިން ޕްލޭންކޮށް ބޭނުންކުރުމަށް މަރުކަޒީ އިދާރާތަކަށް ފުރިހަމަ ބާރު ލިބިގެންދާނެކަމަށާއި މި ވަގުތު ކޮމިޓީ މަރުހަލާގާ އޮތް އާރބަން ޑިވޮލޮޕްމަންޓް ބިލް ސަރުކާރުން މިހާރު ހުށައަޅަފައިވާ ގޮތަށް ފާސްކުރެއްވިއްޖެނަމަ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ކަނޑައެޅި މުހިއްމު އަސާސްތައް މުގުރިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ކަންމިހެން އޮތުމާއެކު ސަރުކާރުގެ ސުޕަރ މެޖޯރިޓީއޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅިދާނެ ގާނޫނުތަކާމެދު ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި އަދި ގުޅުންހުރި މަދަނީ ޖަމިއްޔާ، ޖަމާއަތްތަކާ، ސިޔާސީ ޕާޓީތަކާއެކު ހުޅުވާލެވިފައިވާ، ބިނާކުރުވަނިވި މަޝްވަރާއަކަށް ދިއުމަށް އެމްޑީޕީންވަނީ ގޮވާލާފައެވެ.
ވާހަކަތަކާ ގުޅިގެން މެމްބަރު ވިދާޅުވީ ރަށްޔިތުންނަށް ދޮގުހަދައި ބިރު ދެއްކުމަކީ އެމްޑީޕީގެ އުކުޅެއްކަމަށެވެ. ވެރިކަން ބޭނުންވެގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުރު ކިތައްކަންތައް ކުރަމުން އަންނަކަމަށް ވިދާޅުވެ ލާމަރުކަޒީ ނިޒާމް ހުއްޓުވާލަން މި ދައުރުގައި މީގެ 2 ދުވަސް ކުރިން ވޯޓު ދިންކަމަށް މެމްބަރުވަނީ ވިދާޅުވެފައެވެ.
މެމްބަރު ވަނީ އެމްޑީޕީން ވޯޓުދިން ލިސްޓް އާއްމުކުރައްވައި މަޖިލީހުގެ ޖަލްސާގެ ރިކޯޑިން އަލުން މާލެއާއި އަތޮޅުތަކުގައި އަޅުވަންވީތޯ ސުވާލުކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުގެ ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ އައު ނަންތައް ހަމަޖައްސަވައިފި
4 ގަޑިއިރު ކުރިން

ކުޅުދުއްފުށި ސިޓީގައި ގެނބިގެން އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ
4 ގަޑިއިރު ކުރިން
އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 6،093 މީހުންނަށް ލިބގެންވޭ: އީސީ
5 ގަޑިއިރު ކުރިން

ރާއްޖެ އިން އާޖެންޓީނާގެ ނޮންރެސިޑެންޓް ސަފީރުކަމަށް ޑރ އަލީ ނަސީރު މުހައްމަދު އައްޔަނުކުރަން ފާސްކޮށްފި
10 ގަޑިއިރު ކުރިން


.gif&w=3840&q=75)