
ހއ.ދިއްދޫ ސްކޫލް--
ދިރާސީ އާ އަހަރު ފެށެނީ އަންނަ އަހަރުގެ އޭޕްރިލް މަހު

ޝުރުފާ މުހައްމަދު - 02 ނޮވެމްބަރު 2024 - 14:33
2025 ވަނަ އަހަރުގެ ދިރާސީ އަހަރު އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ފެށޭ ގޮތަށް ކަނޑައަޅައި އެކަޑަމިކް ކަލަންޑަރު ނެރެފި އެވެ.
ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމް ކުރިއަށް ދާނީ 6 އޭޕްރީލް އިން 24 ޖުލައިއަށެވެ. ފުރަތަމަ ޓާމް ޓެސްޓު ތާވަލްކޮށްފައި ވަނީ ޖުލައި މަހުގެ 5 އިން 19 އަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން 10 އޯގަސްޓުގައި ފަށައި ނިންމާނީ 25 ޑިސެމްބަރުގަ އެވެ. ދެވަނަ ޓާމް ޓެސްޓް އޮންނާނީ ޑިސެމްބަރު 6 އިން 20 އަށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ތާރީޚު އަހަރުގެ މެދުތެރެއަށް ބަދަލުކުރީ މިދިޔަ ސަރުކާރުގަ އެވެ. އެ ބަދަލާއި އެކު ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ ދިރާސީ އައު އަހަރު ފެށޭ ތާރީޚާއި، ސްކޫލްތަކުގެ ބޮޑު ބަންދު ކުރިއެކޭ އެއް ދުވަސްވަަރަކަށް ބަދަލުކޮށްދިނުމަށެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭ ތާރީޚު ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ މިހިނގާ ދިރާސީ އަހަރުގައި ކިޔަވައިދޭ މުއްދަތު ވަނީ ވަރަށް ބޮޑަށް ކުރުވެފަ އެވެ. އެގޮތުން މި އަހަރުގެ ކިޔެވުން ފެށުނީ މިއަހަރުގެ މެއި މަހުގަ އެވެ. އަދި ސްކޫލް ބަންދު ވަނީ ޑިސެމްބަރު މަހުގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭހާއި ތެޔޮ އަދި ކާބޯތަކެތި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވެންވާނެ: ފައިސަލް ނަސީމް
11 ގަޑިއިރު ކުރިން

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
ދުވަހެއް ކުރިން

އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!
ދުވަހެއް ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ދުވަހެއް ކުރިން


.gif&w=3840&q=75)