
ކަނޑުތައް ވަރަށް ގަދަ
ސުކޫލު ޗުއްޓީގައި މޫސުން ގޯސް!

އަހުމަދު ޒަލީފު - 21 ޑިސެމްބަރު 2023 - 08:46
ކުރިއަށް އޮތް 24ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިންވަނީ ހުދު ސަމާލުވެސް ނެރެފައެވެ. އެގޮތުން ހުދު ސަމާލުނެރެފައިވަނީ، ނ އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ. އަދި ހއ. އަތޮޅުން ށ. އަތޮޅަށެވެ.
ނ އަތޮޅުން ފެށިގެން ގދ. އަތޮޅަށް ސަމާލު ނެރެފައިވަނީ މިއަދުގެ މެންދުރު 12:00 އިން 16:00 އަށެވެ. ހއ. އަތޮޅުން ށ. އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން 16:00އަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވިގޮތުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެއެވެ. އަދި އުތުރާއި މެދު ރާއްޖެ ތެރެއަށް ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ލަފާކުރެއެވެ.
އުތުރާއި މެދު ރާއްޖެތެރޭގައި، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާ 7 ފޫޓާއި ދެމެދުގައިކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ހާމަކުރައްވައެވެ. ދެކުނުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައިކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
ގުޅުން ހުރި ޙަބަރުތައް
.png&w=3840&q=75)
ޝަމްއާން ރައީސް އާއި ބެހޭ ގޮތުން ހެއްދެވީ ބުހުތާނު ދޮގު: ތަރުޖަމާނު
12 ގަޑިއިރު ކުރިން

އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރ ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
15 ގަޑިއިރު ކުރިން

މިއަހަރު ހައްޖަށްދިޔަ 3 ވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ
17 ގަޑިއިރު ކުރިން

އައްޑޫ އެކްސިޑެންޓްގައި ރަމީޒް ނިޔާވުމާއި ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައިފި
17 ގަޑިއިރު ކުރިން


.gif&w=3840&q=75)