logo
މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވާ އާއިޝަތު އާޒިމާ ޝުކޫރު

މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވާ އާއިޝަތު އާޒިމާ ޝުކޫރު

އާޒިމާގެ މައްޗަށް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކޮށްފި

profile

އަހުމަދު ޒަލީފު - 11 ޖެނުއަރީ 2024 - 10:35

ޕީއެންސީ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އެކަމަނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

https://wamco.com.mv/

ސިވިލް ކޯޓުން އާޒިމާގެ މައްޗަށް 4.1 މިލިއަން ރުފިޔާ އިސްލާމިކް ބޭންކަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ. މިފައިސާއަކީ އާޒިމާ އެމްއައިބީން ނަގާފައިވާ ލޯނަށް ގަވާއިދުން ފައިސާ ދައްކަމުން ނުދާކަމަށް ކަމަށް ބުނެ އެ ބޭންކުން ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން ކުރި ހުކުމެކެވެ.

ނަމަވެސް އާޒިމާ ވިދާޅުވީ އިސްލާމިކް ބޭންކް މެދުވެރިކޮށް އޭނާ ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީއަށް ގަވާއިދުން ފައިސާ ނުދައްކައިގެން، ލޯނުއެކުގައި ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް، އޭނާގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ ޣައިރު ހާޒިރުގައި ކަމަށާއި އޭނާއަށް އެކަން އެނގުނީ މީޑިއާ އިން ކަމަށެވެ.

އާޒިމާ ވިދާޅުވީ އެމްއައިބީގެ އެ ފެސިލިޓީއަކީ ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ ފްލެޓް ގަތުމަށް 2016ގައި ނަގާފައިވާ ލޯނެއް ކަމަށެވެ. އަދި އޭނާއަށް އާމްދަނީއެއް ލިބެމުންދިޔަ ދުވަހު މި ފެސިލިޓީއަށް ގަވާއިދުން ފައިސާ ދައްކަމުން ގޮސްފައިވާނެ ކަމަށްވެސް އާޒިމާ ވިދާޅުުވެފައި ވެއެވެ.

އެހެންކަމުން މި ހުކުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެވުނު ކަމެއް ކަމުގައި އާޒިމާ ވަނީ ވިދާޅުވެފައެވެ.

"މިއީ އަޅުގަނޑު ކުރިމަތިލާފައިވާ މާލެ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންއަށް ނުފޫޒު ފޯރުވަން ބޭންކިންގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ބޭންކުގެ ވަކި މުވައްޒަފަކު ކޮށްފައިވާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ ވަރުގެ މައުލޫމާތު ވަނީ ލިބިފައި" އާޒިމާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk