logo
އާދަމް ޝަރީފް

އާދަމް ޝަރީފް

ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނަން ޖެހޭ - މިނިސްޓަރު

profile

އަހުމަދު ޒަލީފު - 01 ޑިސެމްބަރު 2023 - 09:41

ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް އިތުރަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް 2024 ވަނަ އަހަރު ދިރާސާއެއް ހައްދަވާނެކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ލާމަސީލު ލާމު، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް މިންކުރުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހިންގުމުގެ ކަންކަން ފެށިގެން އައީ ރަނގަޅަށް ނޫންކަމަށެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގައި ރަނގަޅުކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި މި ސަރުކާރުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގައި ރަނގަޅުކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަން ގިނަ ކައުންސިލްތަކުންނާއި ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕެއިންގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ވުޒާރާއެއް އުފައްދަވާނެކަމަށް ތަކުރާރުކޮށް ވިދާޅުވީ އެ ސަބަބުތަކަށްޓަކައި ކަމަށެވެ.

''ރައްޔިތުން ވޯޓު ދިނީ އެ ކަންކަމަށް. މި ސަރުކާރުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރާނަން.''

މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްއަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ރައީސް މުޢިއްޒު އުފެއްދެވި މިނިސްޓްރީއެކެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުުމުތަކުގައި މިފަދަ ވުޒާރާތައް ގާއިމުކޮށްފައި އެބަހުރިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މެންޑޭޓުން ބާރު އަޅަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތުތައް ކަނޑައަޅައި ކައުންސިލުތަކަށް ސަރުކާރުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުން ކަމަށެވެ.

އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމު މިހާރު މިހިނގަމުންދާ ގޮތަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ރައްޔިތުން މިއަދު އެބަޖެހޭ ނިންމަން. ރައްޔިތުން އެބަޖެހޭ މިކަމާ ވިސްނަން. ރައްޔިތުން އެބަޖެހޭ މިކަމާ ފިކުރުކުރަން.

މި ސަރުކާރުން ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސްއެއް އުފެއްދުމުން އަމާޒުވި ބައެއް ފާޑު ކިޔުންތަކަށް މިނިސްޓަރު ވަނީ ރައްދުދެއްވާފައެވެ. އެގޮތުން ކުރީގެ އެޓޯލްސް މިނިސްޓްރީއިން ރަށްތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދިޔަ ގޮތަށް މި ސަރުކާރުގެ އަމަލުތައް ބައްޓަން ކުރުމަށް މަސައްކަތްކޮށްފާނެކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ. މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މި މިނިސްޓްރީ އުފެއްދީ ހައުންސިން މިނިސްޓަރުކަމުގައި އާއި މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ކުރެވިފައިވާ ތަޖުރިބާގެ ސަބަބުންކަމަށެވެ.

https://wamco.com.mv/
https://www.aslu.com.mv