
ރައީސް ސޯލިހުގެ އަރިހުގައި ފައްޔާޒް
އެމްޑީޕީ އަކީ ގަދަ ކަނޑުގަައި ކާމިޔާބު ހޯދާ ޕާޓީއެއް - ފައްޔާޒް

އަހުމަދު ޒަލީފު - 26 ސެޕްޓެމްބަރު 2023 - 21:05
އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން އެމްޑީއޭ އިން މިރޭ ރަސްމީކޮށް ރޫޅާލުމަށް ނިންމި ނިންމުމަށް އިހްތިރާމް ކުރާ ކަމަށް އެމްޑީޕީގެ ޗެެއާޕާސަން ފައްޔާޒް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއާއެކު އޮތް ކޯލިޝަން ރޫޅާލަން ނިންމީ މިރޭ ބޭއްވި ކައުންސިލް ބައްދަލްވުމުގައެވެ. އެ ބައްދަލްވުމުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާ ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމި ނިންމުން އަނބުރާ ގެނައުމަށް ނިންމާފައެވެ. އަދި އިންތިހާބުގެ ދެވަނަ ބުރުގަައި މުއިއްޒަށް ތާއީދު ކުރަން ނިންމާފައެވެ.
އެ ހުށައެޅުން ހުށައެޅީ ކައުންސިލް މެންބަރު އަައްބާސް އެވެ. އެ ހުށައެޅުމަށް ތާއީދު ކުރީ އެ ޕާޓީގެ ނާއިބު ރައީސް އަލީ މައުރޫފެވެ. އެ ހުށައެޅުމަށް ކައުންސިލްގެ 33 މެންބަރުން ވޯޓް ދިނެވެ. ދެކޮޅަށް ވޯޓް ދިނީ ދެ މެންބަރުންނެވެ.
އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި އެގޮތަށް ފާސްވީ އެމްޑީއޭ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ވޯޓު ދެއްވާފައި ވަނީ އެންމެ ދެ މެމްބަރުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރާއި ހިނިތުންވުން: ކޮމިޝަނަރ އޮފް ޕޮލިސް
2 ގަޑިއިރު ކުރިން

ފަތުރުވެރިކަން ފުޅާކުރުމަށް ރާއްޖޭގެ ވަފުދެއް ޗައިނާއަށް ފުރައިފި
5 ގަޑިއިރު ކުރިން

ފައިނޭންޝަލް އެކްސްޕޯގައި އުރީދޫން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ހިދުމަތް ދެނީ
6 ގަޑިއިރު ކުރިން

ވިލާ ކޮލެޖު, ސެޕްޓެމްބަރު މަހުގެ އިންޓޭކުގެ ކޯހަށް ކުރިމަތިލުމަށް ހުޅުވާލައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)