
އިންތިހާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު
މުޢިއްޒު ހުވާކުރެއްވުން ނޮވެމްބަރު 17 ވަނަ ދުވަހު ހަވީރު!

އަހުމަދު ޒަލީފު - 09 އޮކްޓޯބަރު 2023 - 09:06
އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމީއްޔާތު މިމަހުގެ 17 ވާ ހުކުރު ދުވަހު ހަވީރު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކުރައްވައިފިއެވެ.
މިއަދު އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، ހުވާ ކުރުމުގެ ރަސްމީއްޔާތަށް ތައްޔާރީތަކެއް ވަމުންދާ ކަމަށެވެ. ހުވާ ކުރުމުގެ ރަސްމީއްޔަތަކީ މަޖިލީހުގެ ޖަލްސާއެއް ކަމުން އެ މަސައްކަތް ބޮޑަށް ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ފިރުޒުލް ވިދާޅުވީ، މަޖިލީހުން މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް އިންތިހާބީ ރައީސް ފަރާތުން އެދިލައްވާ ކަންކަމަށް އަބަދުވެސް މަޖިލީހުން އެއްބާރުލުން ލިބޭ ކަމަށެވެ. އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވާ ގޮތަށް މިޖަލްސާ ޖުމުހޫރީ މައިދާނުގައި ބޭއްވުމަށް މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.
" މިހާރު މަޝްވަރާ ކުރެވިފައިވާ ގަޑިއަކީ 17 ނޮވެމްބަރުވާ ހުކުރު ދުވަހު ހަވީރު ގަޑިއެއްގައި މި ދަރުބާރު ކުރިއަށް ގެންދިއުމަށް. އެހެންނަމަވެސް އަދި މިތިބީ ތަންކޮޅެއް ކުރީ މަރުހަލާއެއްގައި. މޫސުން ފަދަ ކަންކަމަށް ބަލައި ބައެއް ކުދިކުދި ބަދަލުތައް އައުން އެކަށީގެންވޭ " ފިރުޒުލް ވިދާޅުވިއެވެ.
މީގެ ކުރިން އައު ރައީސް ހުވާ ކުރައްވަނީ ނޮވެމްބަރު 11 ގައި އެވެ. ނަމަވެސް 2013 ވަނަ އަހަރު އިންތިހާބު އަލުން ބާއްވަން ޖެހުމާއިއެކު، ހުވާ ކުރުން އެއް ހަފްތާއަށް ފަސް ވެގެން ދިޔައެވެ. މިހާރުގެ ރައީސް އިބްރިހިމް މުހައްމަދު ސާލިޙް ވަނީ ޤާނޫނީ އިތުރު ހުރަހެއް ނެތްނަމަ އެ ދުވަސް ކުރިން އޮތް ގޮތަށް 11 ވަނަ ދުވަހަށް ބަދަލު ކުރައްވަން ނިންމަވާފައިވާ ކަން ހާމަ ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު 2 މީހުން ހޯދަން ޑްރޯން ބޭނުން ކުރަނީ
6 ގަޑިއިރު ކުރިން

ޢީދު ހަވީރު 1447 ހަރަކާތުގައި އެމްއެންޑީއެފްގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއް
6 ގަޑިއިރު ކުރިން

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އީދު ސައި ބީއެމްއެލް އިން ބާއްވައިފި
15 ގަޑިއިރު ކުރިން

ޢީދަށްފަހު، ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ
15 ގަޑިއިރު ކުރިން


.gif&w=3840&q=75)