
ޢީދު ދުވަހު ހަވީރު 4 ން 6 ށް މާލޭގައި ދެ ގަޑިއިރަށް ދުއްވާ އެއްޗެހި ދުއްވުން މަނާ
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

އަހުމަދު ޒަލީފު - 28 މާރިޗު 2024 - 09:43
ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މާލޭސިޓީ ކައުންސިލުން މަނާކޮށްފިއެވެ.
މިއަދު ކުރިއަށްގެންދިޔަ މާލެސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވަނީ، އީދު ދުވަހުގެ ހަވީރު 4-6 އަށް ވެހިކަލް ދުއްވުން މަނާކުރުމަށެވެ.
ސިޓީ ކައުންސިލުން މިގޮތަށް ނިިންމާފައިވަނީ، އީދު ދުވަސް ފާހަގަކުރަން އެކި ހަރަކާތްތައް ބާއްވާތީ އެ ދުވަހުގެ ހަވީރު ހަމައެކަނި ފައިމަގުގައި އުޅެވޭ ގޮތަށް ހަމަޖައްސައި ދިނުމަށް ދިވެހި ބަހާއި ތާރީހާ ބެހޭ މިނިސްޓްރީން އެދިފައި އޮތުމުންނެވެ.
އާންމުގޮތެއްގައި އީދު ދުވަސްތަކުގެ ހަވީރަކީ މާލޭގައި ހަމައެކަނި ފައިމަގުގައި އުޅެވޭ ވަގުތެއްކަމުގައި ކަނޑައަޅައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރާއި ހިނިތުންވުން: ކޮމިޝަނަރ އޮފް ޕޮލިސް
14 ގަޑިއިރު ކުރިން

ފަތުރުވެރިކަން ފުޅާކުރުމަށް ރާއްޖޭގެ ވަފުދެއް ޗައިނާއަށް ފުރައިފި
18 ގަޑިއިރު ކުރިން

ފައިނޭންޝަލް އެކްސްޕޯގައި އުރީދޫން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ހިދުމަތް ދެނީ
19 ގަޑިއިރު ކުރިން

ވިލާ ކޮލެޖު, ސެޕްޓެމްބަރު މަހުގެ އިންޓޭކުގެ ކޯހަށް ކުރިމަތިލުމަށް ހުޅުވާލައިފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)