
"ޖަބަލިއާ ރެފިއުޖީ ކޭމްޕްގެ އެންމެ އިމާރާތަކަށް ހަމަލާދީ 40 މީހުން ޝަހީދު"

ސައިފް އަޒުހަރު - 01 ޑިސެމްބަރު 2024 - 08:19
އިސްތިއުމާރީ އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާގެ އުތުރުގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ރޭ ދިން އެންމެ ހަމަލާއެއްގައި 40 މީހުން ޝަހީދުވެފައިވާއިރު، ހަމަލާ ދީފައިވަނީ 6 ފަންގިފިލާއަށް ހަދާފައިވާ އިމާރާތަކަށެވެ.
އެ އިމާރާތަށް ހަމަލާދިން އިރު، އެތަނުގައި ދިރިއުޅެމުން ގެންދިޔައީ އާންމުންނެވެ.
އިސްރާއީލުގެ ޓެރަރިސްޓު ސިފައިންވަނީ، ޣައްޒާގެ އުތުރުގައި އެމްބިއުލެންސާއި، ޕެރަމެޑިކްސް ޓީމުތަކާއި، ސިވިލް ޑިފެންސް ޓީމުތައްވެސް ހަރަކާތްތެރިވުން ހުއްޓުވާފައެވެ.
އެހެންކަމުން، ޖަމަބިއާ ރެފިއުޖީ ކޭމްޕް އިމާރާތަށް ދިން ހަމަލާއަށްފަހު މީހުން ސަލާމަތްކުރާ އެއްވެސް ޓީމެއް އެ ސަރަހައްދަކަށް އަދިވެސް ނުދެއެވެ.
ޓެރަރިސްޓުން ވައިގެ ވަރުގަދަ ހަމަލާއެއްދީ ވައްޓާލާފައިވާ އިމާރާތުގެ ދަށުގައި އަދިވެސް އެތައްބަޔަކު ތާށިވެ އަދި މަރުވެފައި އެބަތިބި ކަމަށް، އާންމުންނާ ހަވާލާދީ ފަލަސްތީނުގެ ވަފާ ނޫސް އޭޖެންސީން ބުނެއެވެ.
މި ހަމަލާގައި މަރުވި މީހުންގެ އަދަދުތައް ދެނެގަނެ އަދި އެމީހުންގެ ހަށިތައް އިމާރާތުގެ ދަށުން ނެގުމުގެ މަސައްކަތް ކުރަމުންގެންދަނީވެސް އާންމުންނެވެ.
ޖަބަލިއާ ރެފިއުޖީ ކޭމްޕް އިމާރާތަށް ހަމަލާ ދިނުމުގެއިތުރުން، ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލް ސަރަހައްދަށްވެސް ބޮންއަޅާފައި ވެއެވެ. ކަމާލް އަދްވާން ހޮސްޕިޓަލަށާއި، އެ ހޮސްޕިޓަލް ހުންނަ ސަރަހައްދަށް ޔަހޫދީ ޓެރަރިސްޓުން ގެންދަނީ މެދުނުކެނޑި އުދުވާނީ ހަމަލާތައް ދެމުންނެވެ.
ޣައްޒާގެ އެކި ހިސާބުތަކަށް އަސްކަރީ ޖެޓުތަކާއި، ޑްރޯން ހަމަލާތަކާއި އަދި ބޮޑުބަޑީގެ ހަމަލާތަކުގައި ހޮނިހިރު ދުވަހުދިން ޓެރަރިސްޓު ހަމަލާތަކުގައި 100 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލާފައި ވެއެވެ.
ޚާން ޔޫނިސްގެ އަލްމަވާސީގައި ހުރި ޓެންޓަކަށް ބޮންއަޅައި ކުޑަ ދެކުދިން ޝަހީދުކޮށްލާފައި ވެއެވެ. ޚާން ޔޫނިސްގައި ކާއެއްޗެއް ހޯދަން ކިޔޫގައި ތިބި މީހުންނަށް ހަމަލާދީ 12 މީހުން ޝަހީދުކޮށްލާފައި ވެއެވެ.
ޚާން ޔޫނިސްއަށް އިއްޔެދިން ހަމަލާއެއްގައި، ޚާން ޔޫނިސްގައި ހަރަކާތްތެރިވާ ވޯރލްޑް ސެންޓްރަލް ކިޗަންގެ 3 ސްޓާފުން ޝަހީދުވެފައިވާއިރު، ގާޒާ ސޫޕް ކިޗަންގެ ޝެފާއި، ސޭވް ދަ ޗިލްޑްރަންގެ ސްޓާފަކުވެސް، ޔަހޫދީ ޓެރަރިސްޓުން އިއްޔެ ހަމަލާދީ ޝަހީދުކޮށްލާފައި ވެއެވެ.
މިއަދު ހެނދުނުން ފެށިގެން ޣައްޒާގައި އުދުވާނުތައް ހިންގަމުން ގެންދާއިރު، ޣައްޒާގެ ދެކުނުގެ ޝައްބޫރާ ރެފިއުޖީ ކޭމްޕަށް ބޮންއަޅައި 4 މީހުން ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެ އާއި ފަލަސްތީނާއި ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗްގެ ސްވެނިއާ ޓިކެޓް ރައީސް ބައްލަވައިގެންފި
މަހެއް ކުރިން
.webp&w=3840&q=75)
ދެކުނު ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް، ޚާން ޔޫނިސްގައި ބޮމުގެ އަޑުފައްގަނޑު!
2 މަސް ކުރިން

އިސްރާއީލުން ހުޅަނގު އައްސޭރީގެ އިސްތިގުލާލަށް އަރައިގަތުމަށް ނިންމުމުން ރާއްޖޭން އެކަން ކުށްވެރިކޮށްފި
2 މަސް ކުރިން
.webp&w=3840&q=75)
ހަމަލާތައް ހުއްޓާލި ކަމަށް ބުނި ފަހުން އެކަނިވެސް ޣައްޒާއިން 28 މީހުން ޝަހީދުކޮށްލައިފި
2 މަސް ކުރިން


