
ކޮޅިގަނޑުގެ ބާރުގަދަވެ ކުރިއަށް މޫސުން ގޯސް ދުވަސްތަކެއް: މެޓް

މުހައްމަދު ހަފީޒް - 25 ނޮވެމްބަރު 2024 - 14:01
ރާއްޖޭގެ އިރުން ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިތުރަށް ބާރުގަދަވެ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިތުރަށް ބާރުގަދަވެ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެ ކޮޅިގަނޑު ދަތުރުކުރަމުން ދާނެ ކަމަށް ބެލެވެނީ ހުޅަނގު އުތުރަށް، ސްރީ ލަންކާގެ އައްސޭރިފަށާއި އިންޑިއާގެ ޓެމިލްނާޑުއާއި ދިމާލަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މީގެ އިތުރުން ރާއްޖެއާއި ދުރުން، ރާއްޖޭގެ އިރުދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށް މެޓް އޮފީހުން ބުނިއެވެ.
މި ދެކޮޅިގަނޑުގެ ސަބަބުން އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި، އާންމު ގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
ކަނޑުދަތުރުކުރުމުގައި މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށާއި ދަތުރު ފެށުމުގެ ކުރިން ރައްކާތެރިކަން ކަށަވަރުކުރަން މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ.
ރާއްޖެއަށް އިރުވައި މޫސުން ފެށެން، ދެ މޫސުން ބެދޭ ދުވަސްވަރެވެ. އެހެންވެ، މި ދުވަސްވަރު އާންމު ގޮތެއްގައި ކަނޑުތައް ގަދަވެ، ވިއްސާރަކުރެއެވެ.
ރާއްޖޭގެ މުސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމަލުކަން ދީގެން ދަތުރުފަތުުރު ކުރުމަށް މެޓް އޮފީހުން އެދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބާޒާރުގައި ތެލުގެ އަގު ދަށެއް ނުވޭ: ވަޒީރު މޫސާ ޒަމީރު
29 މިނިޓު ކުރިން

މާރިޗް މަހު މީރާގެ ޖުމްލަ އާމްދަނީގެ %78.51 ޑޮލަރުން
29 މިނިޓު ކުރިން

ޕީއެންސީގެ ޒިންމާއަކީ ރައްޔިތުންނަށް ފުރިހަމަ ވެރިކަމެއް ކޮށްދިނުން: ސައީދު
ގަޑިއިރެއް ކުރިން

ދާއިރާގެ ރައްޔިތުންނާއި ގުޅިގެން ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން އަރުވަން: ސައީދު
ގަޑިއިރެއް ކުރިން


.gif&w=3840&q=75)