
ކުޅުދުއްފުށި ކަރަންޓްގެ މައްސަލަ ވަނީ ކުރިމަތިވެފައި
ކުޅުދުއްފުށީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ޓީމެއް އެރަށަށް ހިނގައްޖެ

އަހުމަދު ޒަލީފު - 15 އޭޕްރީލު 2024 - 15:33
ފެނަކައިން ހިދުމަތް ދެމުން އަންނަ ކުޅުދުއްފުށިން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކޮށް ދޭން ސްޓެލޯކްގެ ޓީމެއް އެ ސިޓީއަށް ހިނގައްޖެއެވެ.
މިކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ފެނަކައިގެ އެދުމުގެ މަތިން ސްޓެލްކޯގެ ގިނަ ދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ކުޅުދުއްފުއްޓަށް ސިޓީއަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.
"މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން އެ މައްސަލަ ޙައްލުކޮށް ވީއެންމެ އަވަހަކަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަަރަންޓުގެ ޚިދުމަތް ޔަގީންކޮށް ދެވިގެންދާނެ." އޭނަ ވިދާޅުވި އެވެ.
ފާއިތުވި މަހެއްހާ ދުވަހު ކަރަންޓް ކަނޑޭ މައްސަލަ ދިމާވެ އެކަމުގެ ތަކުލީފު ރައްޔިތުން އުފަލުންދާ އިރު، ކުޅުދުއްފުށީގެ ޓްރާންސްފޯމަރަކަށް މިއަދު ދިމާވި މައްސަލައަކާ ގުޅިގެން މިއަދު ހެނދުނު އެ ސިޓީން ވަނީ އެއްކޮށް ކަރަންޓު ކެނޑިފަަ އެވެ.
ފެނަކައިން ބުނީ އެގޮތަށް ދިމާވީ ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައިގެން ކަމަށެވެ.
އެ ކުންފުނިން ބުނީ ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓް ދެވޭނެކަމަށް ލަފާކުރެވެނީ އިރުއޮށްސި 18:00 ގައި ކަމަށް ބުންޏެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް އެމް.އޭ.ސީ.އެލް އިން ވީއައިއޭއިން މަރުހަބާ ކިޔައިފި
2 ގަޑިއިރު ކުރިން

ފްލައިނާސް އިން ހަފުތާއަކު ތިން ފްލައިޓާއެކު ވީއައިއޭގެ ދަތުރުތައް އަލުން ފަށައިފި
3 ގަޑިއިރު ކުރިން

ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރަށް!
4 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ތިނަދޫ ސިޓީ މިއުޒިއަމް މަރާމާތު ކުރާނެ ފައިސާ ސަރުކާރުގައި ނެތް: މޭޔަރ ސައުދު
4 ގަޑިއިރު ކުރިން


.gif&w=3840&q=75)